Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހއ. އަތޮޅުން ދ. އަތޮޅަށް ރީނދޫ އެލާޓު!

ހއ. އަތޮޅުން ދ. އަތޮޅަށް ރީނދޫ އެލާޓު!

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ އިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ރީނދޫ އެލާޓު ނެރެފިއެވެ.

މެޓު އޮފީހުން ނެރެފައިވާ ރީނދޫ އެލާޓުގައި ބުނެފައި ވަނީ، މިރޭ 12:00އިން ހެނދުނު 6:00އަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް