Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފި

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވައިލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެއްސާއި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެމަނިކުފާނު ހައްޔަރުކުރަން ގޮވައިލައި އަޅައިފައި ވަނީ "އެރެސްޓް ޔާމީން އަބުދުލްގައްޔޫމް" ޖަހައިފައިވާ ލިޔުންތަކެކެވެ.

މިކަން ކޮށްފައި ވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީން ހައްޔަރުކުރަން ގޮވައިލައި އެމަނިކުފާނުގެ ގެކޮޅު ކައިރީ ގްރޫޕަކުން ވަރަށް މިނިވަންކަމާ އެކު މުޒާހަރާކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް