Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޭނގި ،ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހަށް!

ނޭނގި ،ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހަށް!

އާއްމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ބަދަލު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވެފައި ވަނީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއިން ޕާޓީތަކަށް ލިބޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހިމެނޭ އާއިލާއެއްގެ މެންބަރުން އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީއަށް ވެއްދި މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެއެވެ. އަދި ދާދި ފަހުން އުފެއްދި އެމްއެންޕީއަށް ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ނޭނގި ވައްދައިފައިވާކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ، ނޭނގި ޕާޓީ ބަދަލުވުން ފަދަ ކަންކަމަކީ، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަ ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް