މުސްތުބަލު ބިނާ ވަނީ ޒުވާނުންގެ ވަރުހުރި ވަރަކަށް: އިމްރާން
އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާ ވާނީ އެ ޤައުމެއްގެ ޒުވާނުންގެ މައިބަދައިގައި ވަރު ހުރި މިންވަރަކަށްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މި ފަދައިން ވިދާޅުވީ ޔޫތު ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
އިމްރާން ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަ ހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަން ހުރި މަސައްކަތްތެރިކަމާއި މުރާލިކަން ހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއް ނަމަ އެ ޤައުމުދާނީ ފަތުއަޑު ކިޔައިފައި ބާރަށް ކުރިއަށް ކަމަށެވެ. އަދި އެ ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެ ނަމަ އެ ޤައުމެއްގެ މުސްތަޤްބަލާ މެދު ހުރި ހިތާމަ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި ޢާއްމުވެއްޖެ ނަމަ ޖާހިލުކަމާއި ނޭނގުންތެރިކަން ނެތިވެ އިންދިރާސްވެދާނެ ކަމަށާއި ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވެއްޖެ ނަމަ ފަޤީރުކަމާއި ތަދުމަޑުކަން ފިލައިގެން ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
“ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެ ނަމަ އެބައެއްގެ މެދުން ކަންނެތްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ޤާނޫނަށް ތަބާވުން އަށަގެންފިކަމަށްވާ ނަމަ އެ ބައެއްގެ މެދުން އަނިޔާވެރިކަމާއި, ކުށްކުރުމާއި, ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ” މިނިސްޓަރ ވިދާޅުވިއެވެ.