ކުޅިވަރު ފުޓްބޯޅަ

ފަހަތުން އަރައި ކްރިސްޓަލް ޕެލެސް ބަލިކޮށް އެވަރޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްއާއި އެވަޓަން ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އެވަޓަން ލީގު ރެލިގޭޝަންއިން ސަލާމަތްވެއްޖެއެވެ.

Ads by Sosun Fihaara

ރޭ އެވަޓަންގެ ދަނޑު، ގުޑިސަން ޕާކުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ކްރިސްޓަލް ޕެލެސްއިން ވަނީ 2 ލަނޑުގެ ލީޑެއް ނަގައިފައެވެ. ކްރިސްޓަލް ޕެލެސްގެ 2 ލަނޑު ކާމިޔާބުކޮށްދިނީ މަޓޭޓާ އަދި ޖޯޑަން އަޔޫއެވެ.

މެޗަށް ނިކުތް އިރު 3 ޕޮއިންޓް ހޯދައިގެން ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ ފުރުސަތު އޮތް އެވަޓަންއަށް މެޗުގައި އުއްމީދެއް ގެނެސްދިން އެ ޓީމުގެ ފުރަތަމަ ލަނޑު 54ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކެއިލް ކީންއެވެ. އެ ލަނޑަށް ފަހު އެވަޓަންގެ ކުޅުނުް ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 75ވަނަ މިނެޓުގައި ރިޗާލްސަން ގެ ގޯލުންނެވެ. މެޗުން އެވަޓަން މޮޅުކޮށްދިން ލަނޑު މެޗުގެ 85ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެލްވާޓް ލެވިންއެވެ.

މި ނަތީޖާއާއެކު އެވަޓަން އޮތީ ކުޅުނު 37 މެޗުން 39 ޕޮއިންޓާ އެކު ލީގު ތާވަލުގެ 16 ވަނައިގައެވެ. ޕްރިމިއަރ ލީގުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!