ޚަބަރު

ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިން ވައްޓައިލީ އިޤްތިޞާދީ އަޅުވެތި ކަމަކަށް: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

2008ވަނަ އަހަރުން 2012ވަނަ އަހަރަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ ވައްޓައިލީ އިޤްތިޞާދީ އަޅުވެތިކަމަކަށް ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ، ލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް އަމިއްލަފުޅަށް އެދިވަޑައިގެން، އެކަމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ ޓްވީޓްގައި މިއަދުގެ ރާއްޖޭގެ ހާލަތަށް ވެސް އިޝާރާތް ކުރެއްވިއެވެ. މިގޮތުން ވިދާޅުވީ، ރައީސް ޞާލިޙް ސިފަ ކުރެވެނީ ކެމްބޯޑިއާގައި ވެރިކަންކުރި ކެމަރޫޖުގެ ވެރިޔާ ޕޮލްޕޮޓް ފަދަ ބޭފުޅެއްގެ ގޮތަށް ކަމަށެވެ. 1975އިން 1979އަށް އޭނާގެ ވެރިކަމުގައި 2 މިލިޔަން މީހުން ބަނޑަށް ޖެހިގެން މަރުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެ އޮތީ ރެސްލިންގައި މީހުން މައިތިރިކުރަން ފަހަތުން އަޅުވާ ލޮކެއް ކަމުގައިވާ ހާލްފް ނެލްސަން ހޯލްޑުގައި ކަމަށެވެ، ރައީސް ޔާމީން އިޝާރާތް ކުރެއްވީ އިންޑިއާއަށެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ކެންޕެއިން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަމަލު ކުރަމުން އަންނަނީ، ސައެންސް ފިކްޝަނެއް ކަމުގައިވާ ފްރެންކެއިންސްޓެންގައި އުފައްދާ މޮންސްޓާ އާމީއެއް ގޮތަށް ކަމަށް ސިފަ ކުރެއްވިއެވެ. އަދި އަންހެނެއް ފަހަތުން ސިފައިންގެ މީހެއް ދުވުން ކުށްވެރި ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!