Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެ

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެ

ގއ. ވިލިނގިލި ނެރުމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ 5 މީހުންނާ އެކު ދަތުުރުކުރަމުންދިޔަ ލޯންޗެއް ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ލޯންޗުގައި ތިބި ދެމީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގެއްލުނު ދެމީހުން ފެނިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަން މަޢުލޫމާތުދީފައި ވެއެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ވިދާޅުވީ ލޯންޗުގައި ތިބި އިތުރު 3 މީހުން ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް