ޚަބަރު ސިޔާސީ

މި ސަރުކާރުގައި މަނީ ލޯންޑަރ ނުކުރާ މީހަކު ނުހުންނާނެ - ރައީސް ޔާމީން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ފުރިހަމަ ތަހުޤީޤެއްކޮށްފި ނަމަ މި ސަރުކާރުގައި މަނީ ލޯންޑާ ނުކުރާ މީހަކު ނުހުންނާނެކަމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ޕީ.ޕީ.އެމް އޮފީހުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލު ރަނގަޅު ތަހުޤީޤެއްކޮށްފި ނަމަ މި ސަރުކާރުގައި މަަނީ ލޯންޑާ ނުކުރާ އެކަކު ވެސް ނުހުންނާނެ ކަމަށާއި އޭރުން މަނީ ލޯންޑާ ކުރީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

މަނީ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދަޢުވާކޮށް ގިނަ ދުވަސްތަކެއް ޖަލު ބަންދުގައި ހޭދަކުރެއްވި ރައީސް ޔާމީން ވަނީ މަނީ ލޯންޑާ ކުރިކަމަށް އެ މަނިކުފާނުގެ މައްޗަށް ދަޢުލަތުން އުފުލި ދައުވާއަށް ވެސް ރޭގެ ޖަލްސާގައި ފާޑު ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރެއްވުމާ އެކު، އެ މަނިކުފާނު އަންނަނީ ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިޔާ އައުޓު"ގެ ނަމުގައި އިދިކޮޅުން ފަށައިފައިވާ ކެންޕެއިން އިތުރަށް ފޯރިގަދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!