ގޭސް ފުޅިއެއް ގޮވާ މީހަކަށް އަނިޔާވެއްޖެ

މާލެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފަންނު އުނިގަސްމަގުގައި ހުރި ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ، އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.