Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓެލްކޯގެ ހުރިހައި އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯގެ ހުރިހައި އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯގެ އިންޖީނުގެތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ.

އިއްޔެ ފެށި އެ ޕްރޮގްރާމަކީ، ދާއިމީކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ކުނި ނައްތައިލައި، ބޭނުން ނުހިފޭ ސާމާނު ނީލަން ކިޔާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

Advertisement
Allied Insurance — Square (box)

އެ ޕޮރޮގްރާމުގެ މިއަހަރުގެ ޝިއާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހު" އެވެ.

ސްޓެލްކޯގެ އެ ޕްރޮގްރާމަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ. އިއްޔެ މި ޕްރޮގްރާމް ފަށައިފައި ވަނީ ސްޓެލްކޯގެ 35 އިންޖީނުގޭގައި އެއް ވަގުތެއްގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް