Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ދިމާވި އާތު ފޯލްޓަކާ ގުޅިގެން މުޅި މާލެއިން ދެންމެ ކަރަންޓު ކެނޑިއްޖެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. ސްޓެލްކޯއިން ވިދާޅުވީ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ އާތު ފޯލްޓަކުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، ސްޓެލްކޯއިން ދިޔައީ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުންނެވެ.

Advertisement
Allied Insurance — Square (box)

އޭގެ ފަހުން މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ވިދާޅުވީ ދިމާވި އާރތް ފޯލްޓަކާ ގުޅިގެން މާލެއަށް ކަރަންޓު ފޯރުކޮށްދެމުންދާ ފީޑަރުތަކުގެ ތެރެއިން 9 ފީޑަރެއް ނިވިފައިވާ ކަމަށާއި އޭގެ ތެރެއިން 1 ފީޑަރު ފިޔަވައި ހުރިހައި ފީޑަރެއް އެނާޖައިޒް ކުރަން ފަށައިފައިވާ ކަމަށެވެ. އަދި ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ވަގުތު މުޅިމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށާއި ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް