Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާއިން އެމްއެންޑީއެފަށް ދެ އެމްބިއުލާންސް ހަދިޔާކޮށްފި

އިންޑިއާއިން އެމްއެންޑީއެފަށް ދެ އެމްބިއުލާންސް ހަދިޔާކޮށްފި

އިންޑިއާގެ އަސްކަރިއްޔާއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް މިއަދު އަސްކަރީ ދެ އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް އެ އެމްބިއުލާންސްތައް ރަސްމީކޮށް ހަދިޔާ ކުރީ، ބަންޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.

Advertisement
HDC — Sidebar (box)

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދުގެ ވާހަކަފުޅުގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯރއަށް މެދުކެނޑުމެއް ނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް