Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕާރުސަލްކޮށްގެން އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާރުސަލްކޮށްގެން އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކްރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ ކުރިއާ މެދުވެރިިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސް ކުރުމުގެ ތެރެއިން ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި އިތުރަށް ބަލާ ފާސް ކުރެވުނު ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މި މަހުގެ 18ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލައިގައި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރިއިރު އެ މަސްތުވާތަކެތި ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއަހަރުގެ މިހައިތަނަށް ކަސްޓަމްސްއިން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 6.374 ކިލޯގެ މަސްތުވާތަކެއްޗާއި އެއާ ކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 17ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް