Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި ތިން އަހަރު ދަރަނި ދައްކަން އެއްވެސް ދައްޗެއް ނެތް: ރައީސް

މި ތިން އަހަރު ދަރަނި ދައްކަން އެއްވެސް ދައްޗެއް ނެތް: ރައީސް
ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 27ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން މިއަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ޔަގީންކަމާ އެކު ދަންނަވާ ކަމަށް ވިދާޅުވިއެވެ. "ހަމައެއާ އެކު ކުރިއަށް އޮތް 2023ވަނަ އަހަރު 2024ވަނަ އަހަރު ވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ ބަޖެޓް ކުރެވިފައި އޮތް ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަރުވަން" ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވެފައި މި ވަނީ ރާއްޖެއަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަންއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް ކަމަށާއި މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް 2023ވަނަ އަހަރާއި 2024ވަނަ އަހަރު ވެސް ދަރަނި ދެއްކުމުގައި ދައްޗެއް ނެތި ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

އިގްތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާ އެކީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް