Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޓްލަރު ކުރީ ނާޒިފިކޭޝަން، މި ސަރުކާރުން ޤާނޫނުތައް ކުރަނީ އެމްޑީޕިފިކޭޝަން: ޖަމީލު

ހިޓްލަރު ކުރީ ނާޒިފިކޭޝަން، މި ސަރުކާރުން ޤާނޫނުތައް ކުރަނީ އެމްޑީޕިފިކޭޝަން: ޖަމީލު

މިއަދުގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތާއި، ދުނިޔޭގައި ފެނުނު އެންމެ އަނިޔާވެރި ލީޑަރު، އެޑޯލްފް ހިޓްލަރު ކަންތައް ކުރެއްވި ގޮތާ އަޅައި ކިޔުއްވައި ކުރީގެ ނައިބު ރައީސް ޑރ .މުހައްމަދު ޖަމީލު އަހުމަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޕީޕީއެމްއަށް ގިނަ ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު ނޮޅައިލައިގެންދާ އިރު އޭޖީ ރިއްފަތާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތިއްބަވަނީ ބައްލަވަން ކަމަށާއި އެއީ ނޭނގި ކުރާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު ކުރާ ކަމަކީ ޝަރުއީ ނިޒާމު "އެމްޑިޕިފިކޭޝަން"ކުރުން ކަމަށާއި މިއީ ހިޓްލަރުގެ ޒަމާނުގައި "ނާޒިފިކޭޝަން ކުރި" ގޮތަށް ކުރަން އުޅޭ ކަމެއް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. އަދި އެޓާނީ ޖެނެރަލް ރިއްފަތު ސިފަވެގެން ދަނީ ހިޓްލަރުގެ އެޓާނީ ޖެނެރަލްއާ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"މިއަދު އަޅުގަނޑަށް ހަގީގަތުގައި ރިއްފަތު ސިފަވެގެންދަނީ ހިޓްލަރުގެ 1940ގެ އެޓާނީ ޖެނެރަލް ގުންތާ ވޯލްމާ ކިޔާ މީހެއްގެ ސިފައިގައި." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ހިޓްލަރުގެ އެޓާނީ ޖެނެރަލް ވެސް ހުރީ ގާނޫނު ކިޔަވައިގެން ކަމަށާއި އަދި ގާނޫނު ތަރުޖަމާކޮށްދެނީ ހިޓްލަރު ބޭނުންވާ ގޮތަކަށް ކަމަށެވެ. ހަމަ އެގޮތަށް ރިއްފަތާއި ޕީޖީ ޝަމީމު ވެސް މިއަދު އަމަލުކުރަނީ އެ އުސޫލުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ސޯލިހު ބުނަންވީ އަހަރެން މި އަންގަނީއޭ މިއަދުން ފެށިގެން އެއްވެސް މީހަކު ކައިވެނިކޮށްގެން ނުވާނެއޭ. ސައްހަ، އަހަރެން އެ މީހާ ދިފާއުކުރާނަމޯ. ހަމަ އެގޮތަށް ޝަމީމު ބުނަނީ، އަހަރެންގެ ކުރިމަތީގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ބުނި އެއްޗެކޭ، އަހަރެން ދިފާއުކުރާނަމޭ. ގާނޫނު އަސާސީ ދަންނަނީ އެގޮތެއް ނޫން." ޖަމީލު ވިދާޅުވިއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި މެންބަރުން އިތުރު ކުރުމުގެ ހަރަކާތުގެ ތެރެއިން ރޭ ވަނީ އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ގުޅިފައެވެ. ޕީޕީއެމުން އެ ޕާޓީގެ މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލައިގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިވަގުތު 34368 މެންބަރުން އެބަތިއްބެވެ. ޕީޕީއެމަކީ ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް