މާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓިގެން ހޯދަން ފަށައިފި

މާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ 12 އަހަރުގެ ފިރިހެން ކުއްޖަކު މާފަންނު ގެއެއްގެ މަތިން ވެއްޓިފައިވާ ކަމަށް މިރޭ 20:31ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ވެއްޓުނު ކުއްޖާ ފެންނަން ނެތުމުން ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވެއްޓިފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހުރި އިމާރާތެއްގެ މަތިންނެވެ.

Ads by HDC