Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިމާރާތުން ވެއްޓުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

އިމާރާތުން ވެއްޓުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހާދިސާގެ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން އެންމެ ފުރަތަމަ ވިދާޅުވީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިރޭ 8:30ގައި ލިބިފައިވާ ކަމަށެވެ. އަދި ވެއްޓުނު ކަމަށް ބުނާ ކުއްޖާ ފެންނަން ނެތުމުން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ ފަހުން އެ ކުއްޖާ ގެއަށް އައިސްފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވެއްޓިފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހުރި އިމާރާތެއްގެ މަތިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް