Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުއްދަތު ހަމަވެފައިހުރި ވެކްސިން ޖެހި މުވައްޒިފުން ސަސްޕެންޑްކޮށްފި

މުއްދަތު ހަމަވެފައިހުރި ވެކްސިން ޖެހި މުވައްޒިފުން ސަސްޕެންޑްކޮށްފި
އައިޖީއެމްއެޗުގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފިއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އޮންލައިން ނޫހަކަށް ވިދާޅުވީ، އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ. އެކަމަކު، އެއީ ކިތައް މުވައްޒަފުން ކަމެއް އަދި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހުމާ، އެ މުވައްޒަފުންނާ ހުރީ ކޮން ގުޅުމެއް ކަމެއް އޮފިޝަލް ވިދާޅުނުވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އައިޖީއެމްއެޗުގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ވަނިކޮށް، ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރުއާއި ބީއޯޕީވީއަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށް ވެއެވެ.

ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ފެންމަތިކުރީ ވިލިމާލޭ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމެވެ. ވިލިމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް