ވޭޕް ކުރާ މީހުންނަށް ޑޮކްޓަރެއްގެ އިންޒާރެއް: ފުއްޕާ މޭ ފަޅައިގެން ހިނގައިދާނެ

ވޭޕްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ ކަމަށް ބުނެ ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ.
މިއަދަކީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ދުވަހެވެ. މި ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭޕްކުރުމަކީ އެއްގޮތަކަށް ވެސް "ކޫލް ކަމެއް ނޫން" ކަމަށެވެ. އަދި އޭނާ ވަނީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް އެޅިފައި ހުރި ލޭ ފެންނަ ވީޑިއޯކޮޅެއް ވެސް ހިއްސާކުރައްވައިފައެވެ.
https://twitter.com/Moxamedalu/status/1531465520402530304?s=20&t=5vxaCybuPZSHzXlXEKLx4g
ވޭޕް ކުރުމަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް އާއްމުވެފައިވާ ކަމެކެވެ.







ކޮމެންޓް