Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސައްހަ ނޫން ކޮންމެ ފޯމަކަށް 10.000 ރުފިޔާގެ ޖޫރިމަނާއެއް

ސައްހަ ނޫން ކޮންމެ ފޯމަކަށް 10.000 ރުފިޔާގެ ޖޫރިމަނާއެއް

ސިޔާސީ ޕާޓީތަކުން ޕާޓީއަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ފާއިތުވި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީ އަކުން ހުށަހަޅައިފައިވާ، ސައްޙަ ނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ފަދަ ފޯމް ހުށައަޅައިފި ނަމަ އެ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖޫރިމާނާ ކުރަން ފަށާ ގޮތަށް ވެސް ފާސްކޮށްފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އީސީން މިފަދައިން ނިންމަވައިފައި ވަނީ މީހުންނަށް ނޭނގި ، އެ މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް