އިންޑިއާއިން ރާއްޖޭގެ 3 ސްކޫލަކަށް 4.6 މިލިއަން ރުފިޔާގެ އެހީ

ރާއްޖޭގެ ތިން ސްކޫލަކަށް އިންޑިއާއިން 4.6 މިލިޔަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް (އައި.އީ.އެސް) ޔުނިޓްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި އިންޑިއާއިން އެހީތެރިވެ ދެއްވައިފައި ވަނީ، ހއ.އޭއީސީ (ހއ. ދިއްދޫ)، އަބޫބަކުރު ސްކޫލް, (ގދ.ތިނަދޫ) އަދި އިހައްދޫ ސްކޫލް (ލ.ގަން) ސްކޫލަށެވެ.
މި ތިން ސްކޫލްގައި އައި.އީ.އެސް ޔުނިޓްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ތިން ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެއީ؛
- އިންސާނީ ވަސީލަތްތައް
- ބޭނުންވާ އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ތަރައްޤީކުރުން
- ބޭނުންވާ ތަކެތި ހޯދުން
- އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން






ކޮމެންޓް