Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޭނގި ޕާޓީއަކަށް ވައްދައިފި ނަމަ ޝަކުވާ ހުށަހެޅޭނެ

ނޭނގި ޕާޓީއަކަށް ވައްދައިފި ނަމަ ޝަކުވާ ހުށަހެޅޭނެ

އެމީހަކަށް ނޭނގި ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ، މީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވައްދައިފި ނަމަ އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށް ފަހު އެކަން ކުރި ބަޔަކާ މެދު އިސްތިސްނާއެއް ނެތި ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައި. އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށް ފަހު އެކަންކުރި ފަރާތަކާ މެދު އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ވަނީ ނިންމަވައިފައި." އީސީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ސިޔާސީ ޕާޓީއެއްގައި އެމީހަކަށް ނޭނގި ރަޖިސްޓްރީ ކޮށްފައިވާ ނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވައިލައިފައި ވަނީ ޞައްޙަ ނޫން ފޯމް ހުށައަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީއެވެ.

އެގޮތުން ޞައްޙަ ނޫން ފޯމް ހުށައަޅައިފި ނަމަ، ކޮންމެ ފޯމަކަށް އެ ސިޔާސީ ޕާޓީއެއް 10000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އަދި އެފަދަ ފޯމް ހުށައަޅައިފި ނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10000 ރުފިޔާއިން ޖޫރިމާނާކުރަން ވެސް އެކޮމިޝަނުން ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް