Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ތުހުމަތެއް : އަދާލަތުން އުޅެނީ ލާދީނީ މީހުން ވެރިކަމަށް ގެންނަން

ރައީސް ޔާމީންގެ ތުހުމަތެއް : އަދާލަތުން އުޅެނީ ލާދީނީ މީހުން ވެރިކަމަށް ގެންނަން

ލާދީނީ މަންހަޖެއް ގެންގުޅޭ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީ ސަފުގައި އޮތީ، އިސްލާމިކް މިނިސްޓަރު އަބްދުﷲ އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީޕީއެމަށް ގިނަ ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދާލަތަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ އެ ޕާޓީގެ މަގުސަދަކީ އެއްގޮތަކަށް ވެސް ދީނީ ދަރުސްތައްދީ، ދީނީ ކަންކަން އޮޅުންފިލުވައިދިނުން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އެ ގޮތުން ސިޔާސީ ކުރިބޯއްޓާ ހަމައަށް ވާސިލުވުން ނޫން ދެވަނަ ދެކަމެއް އަދާލަތުގެ ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަދާލަތަކީ ދީނީ ޝުހުރަތު ވިއްކައިގެން އެންމެ ހަރާންކޯރުކޮށް ކަންތައް ކުރާ މީހުން ކަމަށެވެ. އަދި އެންމެ ލާދީނީ މީހުންނާއި، އެންމެ ލާދީނީކޮށް ވިސްނާ މީހުންނާއި މަންހަޖު ގެންގުޅޭ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީ ސަފުގައި އޮތީ އަދާލަތުކަމަށް ޔާމީން ވިދާޅުވިއެވެ.

"އެންމެ ލާދީނީކޮށް ވިސްނާ، ލާދީނީ މަންހަޖެއް ގެންގުޅޭ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީސަފުގައި ތިބީ އަދާލަތު. އެ<em>އެހެންވީމަ މިއަށް ވުރެން ޖައްބާރު، ޖާހިލު ނޫނީ މިއަށް ވުރެ ރައްޔިތުންނަށް އެމީހުންގެ ނަން ކިޔައިފައި ކަންކަން އޮޅުވައިލާ މިއަށް ވުރެ ފައްކާ ބަޔަކު ނެތް.</em>" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، އިންޑިއާ އައުޓް ހަރަކާތް ފެށުމުގެ ގޮތުން އަދާލަތާއި ޖޭޕީ އަދި އެމްއާރްއެމްއަށް ދައުވަތު ފޮނުވުމުން އެއިން އެއްވެސް ޕާޓީއަކުން އެ ދައުވަތު ގަބޫލު ނުކުރެއްވިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"އަދާލަތު ޕާޓީން ބުނީ އިންޑިއާ ސިފައިން މިތާ ތިބޭކަން އެނގިއްޖިއްޔާ ޕީޕީއެމްއަށް ވުރެ ކުރިން، އެންމެ ކުރިން އެމީހުން އިންޑިއާ ސިފައިންނާ ދެކޮޅަށް ނުކުމެ ވަކާލާތު ކުރާނެ ބަޔަކީ، ޖިހާދު ކުރާނެ ބަޔަކީ ތިމަންނަމެންނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް