ޚަބަރު ސަރުކާރު

ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އަރަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުން އެކި ކަންކަމަށް ނެގި ލޯނުތަކާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

Ads by Sosun Fihaara

ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށާއި ހަރަދުތައް ހަމަޖެއްސުމަށް މިއަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގައިފައިވާ ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަންޏަށް ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރައިފައިވާއިރު ސޮވެރިން ގެރެންޓީ ނުލާ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި މިއަހަރު ދައުލަތުގެ ދަރަނި ޖުމްލަ 103 ބިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތުން ވަނީ 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގައިފައެވެ.

މި ސަރުކާރުން މިހައިތަނަށް އެންމެ ގިނަ ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!