Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ސަރުކާރުގެ ވިސްނުން ސާފުކޮށްދިނުން މާދަމާ

މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ސަރުކާރުގެ ވިސްނުން ސާފުކޮށްދިނުން މާދަމާ

މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ސަރުކާރުގެ ވިސްނުން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށައެޅުއްވި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ތޯރިގް އެދިވަޑައިގެންފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައިފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން ހުރިހާ އިޖުރާއަތްތައް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފުކޮށް ދެއްވުމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސާފުކޮށްދޭން ވެސް ތޯރިގު ހުށަހަޅުއްވައިފައި ވެއެވެ.

ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަށް ޓަކައި ހޯމް މިނިސްޓްރީން ގަވައިދުތައް ހަދައި ވަރަށް ގިނަ މަސައްކަތްތައް ވަނީ ކޮށްފައެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މި ސަރުކާރުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ. އެހެނނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް