Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރުގެ ޙުކުމް ތަންފީޒް ކުރުމާ މެދު އަމަލު ކުރަމުން އަންނަނީ ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް: އިމްރާން

މަރުގެ ޙުކުމް ތަންފީޒް ކުރުމާ މެދު އަމަލު ކުރަމުން އަންނަނީ ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް: އިމްރާން
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިސަރުކާރުން އަމަލުކުރަމުން އަންނަނީ މީގެ ކުރިން ވެސް އެކަމުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ މިހަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ކުރައްވާ ސުވާލަކާ ގުޅިގެންނެވެ.
މެންބަރު ކުރެއްވި ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯއެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯއެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ވޭތުވެދިޔަ ބައިގަރުނެއްހައި ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އައި ސިޔާސަތަކީ، އެ ކަމާ ގުޅޭގޮތުން މިހާރު ވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ. އިމްރާން ވިދާޅުވީ މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން ކަމަށާއި، މިއީ ޒަމާނުއްސުރެ މިރާއްޖޭގައި މަރުގެ ހުކުމުގެ މައްސަލަތަކުގައި އަމަލުކުރަމުން އައި ގޮތް ކަމަށެވެ. "ވޭތުވެދިޔަ ތަނުގައި އެކިސަރުކާރުތަކުން ސިޔާސީ ބޭނުމުގައި އެކިފަހަރު އެކިގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން، ވާހަކަދައްކައިފައި ވީ ނަމަވެސް، މިމައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމުހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ." އިމްރާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް