Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސޫލާއަށް ފުރައްސާރަކުރުން ސަރުކާރުން ކުށްވެރިކޮށްފި

ރަސޫލާއަށް ފުރައްސާރަކުރުން ސަރުކާރުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު، ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަން ސަރުކާރުން ކުށްވެރިކޮށްފައި ވަނީ މިއަދު ނެރުނު ކުރު ބަޔާނެއްގައެވެ. މިގޮތުން މި ބަޔާނުގައި ވިދާޅުވީ، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހައި ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ވިދާޅުވީ، ބީޖޭޕީގެ ބައެއް އޮފިޝަލުންގެ މި އަމަލުތައް އިންޑިއާ ސަރުކާރުން ކުށްވެރިކޮށް އަދި މިކަމުގައި ހިމެނޭ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަހަށް ފިޔަވަޅު އަޅައިފައި ވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާކިޔާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރަސޫލާއަށް ފުރައްސާކޮށް، އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރޝިޕްގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކު ޕާޓީން ވަކިކޮށް، އަނެކަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. އަދި ޕާޓީން ސަސްޕެންޑްކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާއެވެ. އޭނާގެ މައްސަލަ އަދި ދަނީ ބަލަމުންނެވެ.

މިދިޔަ ހަފްތާގައި ޓީވީ ބަހުސްއެއްގައި ޝަރުމާ ވަނީ ނަބިއްޔާއާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝަތުގެފާނަށް ފުރައްސާރަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް