Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުމުންދޫގެ ހިތްގައިމު ނޭޗަރ ޕާކުގައި ބަޔަކު ރޯކޮށްލައިފި

ކުމުންދޫގެ ހިތްގައިމު ނޭޗަރ ޕާކުގައި ބަޔަކު ރޯކޮށްލައިފި

ހދ. ކުމުންދޫގައި ހުންނަ ހިތްގައިމު ނޭޗަރ ޕާކުގެ ވެހިސަރާގައި ބަޔަކު ރޯކޮށްލައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނެފައި ވަނީ އެ ތަނުގައި ބަޔަކު ރޯކޮށްލައިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި މިކަން ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ކުމުންދޫ ނެޗަރ ޕާކް ވެހިސަރާއަކީ ކުމުންދޫގެ ޖަމްޢިއްޔާއެއް ކަމަށްވާ ކުރެވި ޖަމްޢިއްޔާއިން ތަަރައްގީކޮށް އެރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ތަނެކެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށައަޅާފައިކަމަށް ވެސް ކުމުންދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. ކުމުންދޫގެ ނޭޗަރ ޕާކަކީ ގިނަ ބަޔަކު ޝައުގުވެރިކަން ދަމައިގަނެފައިވާ ހިތްގައިމު ސަރަހައްދެކެވެ.

ރައީސް ސޯލިހު އެ ރަށަށް ވަޑައިގެން އެ ޕާކު ސަރަހައްދުގައި ނެންގެވި ފޮޓޯތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް