ރާއްޖެ ވަދެ އުުޅުނު ލަންކާގެ މަސް ބޯޓެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ބޯޓު ހިފަހައްޓައިފައި ވަނީ މ. މުއްޔާ ދިމާ 76 ނޯޓިކަލް ބޭރުން ކަމަށެވެ. އަދި މި ބޯޓުގެ މައުލޫމާތު އެމް.އެން.ޑީ.އެފްއަށް ދިނީ "އަލަމާ 2" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް ވެސް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ.
އެމް.އެން.ޑީ.އެފްއިން އިތުރަށް ވިދާޅުވީ، މި ބޯޓުގައި ޖުމްލަ 6 ފަޅުވެރިން ތިބި ކަމަށާއި ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން މިހާރު ލ. ކައްދުއަށް ދަތުރު ކުރަމުން ގެންދާ ކަމަށެވެ.