Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ތާއީދެއް ނޫން: ރައީސް ޞާލިޙް

30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ތާއީދެއް ނޫން: ރައީސް ޞާލިޙް

ވޯޓުލާ މީހުންގެ 30 ޕަސެންޓް ލިބުމުން ވެރިކަމަށް އާދެވޭ ގޮތް ހަދަން ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެނޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާ ނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫން އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަސައްކަތް ފައްޓަވައިފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދުގެ މި އިސްލާހުތަކާ ގުޅޭ ގޮތުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ނޫނީ ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރާނެކަމަށެވެ. އެގޮތުން 50 ޕަސެންޓުން ނޫން ގޮތަކަށް ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތުން ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ވާނީ 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިގެންނެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެނޑިޑޭޓުން ދާން ޖެހޭނީ ދެވަނަ ބުރަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް