Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަޑި ހުތުރު ބަސް ބޭނުންކޮށްގެން ރައީސް ޔާމީނަށް ފާޑު ކިޔާ ވީޑިއޯއެއް މޯލްޑިވްސް ޔޫތު ފޯހުން!

ހަޑި ހުތުރު ބަސް ބޭނުންކޮށްގެން ރައީސް ޔާމީނަށް ފާޑު ކިޔާ ވީޑިއޯއެއް މޯލްޑިވްސް ޔޫތު ފޯހުން!

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ހަޑި ހުތުރު ބަސް ބޭނުންކޮށްގެން ފާޑުކިޔާ ވީޑިއޯއެއް މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހިންގަމުން އަންނަ މީސްމީޑިއާ ހޭންޑަލްއިން އާއްމުކޮށްފިއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ޔޫޓިއުބް، ފޭސްބުކް އަދި ޓްވިޓަރ އެކައުންޓްގައި މި ލަވަ ވަނީ ހިއްސާކޮށްފައެވެ.

މި ލަވައިގައި ރައީސް ޔާމީންގެ ސިޔާސަތުތަކާއި ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށްފައި ވެއެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ އަނބިކަބަލުން، މެޑަމް ފާތުންނާއި، ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު އިދިކޮޅު ލީޑް ކުރެއްވި ޢަބްދުއްރަޙީމް ޢަބްދުﷲއަށް ވެސް ވީޑިއޯގައި ފާޑު ކިޔައިފައި ވެއެވެ. ހަމައެހެންމެ، ލަންކާގެ މީހެއް ކަމަށްވާ އަސޭލާއާ ރައީސް ޔާމީނާ ގުޅުވައި، ކުރިން ދެކެވުނު ސިހުރުގެ ވާހަކައާއި ރައީސް ޔާމީން އިންޑިއާއިން ފައިސާ ނެގި ކަމަށް ވެސް ލަވައިގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

ރައީސް ޔާމީން ޖަލަށްލުމަށް މި ލަވައިގައި ވަނީ ގޮވައިލައިފައެވެ. އަދި ރައީސް ޔާމީން "އިންޑިއާ އައުޓް" ހިންގަވަނީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ.

ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް، އަޙްމަދު އަދީބަށް މި ލަވައިގައި ވަނީ ސަނާ ކިޔައިފައެވެ. މިގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ގިނަ ކަންކަން ހިންގައިފައި ވަނީ އަދީބު ކަމަށް ވަނީ ބުނެފައެވެ. ރައީސް ޔާމީން އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ވެސް ތުހުމަތު ކުރެވުނު އަދީބު މަގާމުން ދުރުކޮށް އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވައިފައި ވީ ނަމަވެސް އަދީބު މިހާރު ހުންނެވީ ގޭ ބަންދުގައެވެ.

މޯލްޑިވްސް ޔޫތު ފޯސްއިން މީގެ ކުރިން "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް ވަނީ މުޒާހަރާއެއް ވެސް ކޮށްފައެވެ. އަދި އެ ހޭންޑަލްއިން އާއްމު ކުރި ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ވެސް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް