ރައީސް ޞާލިޙް މާމިގިއްޔަށް ވަޑައިގަތުމުން ރަތް ދޫލައިގައި ޤާސިމްގެ ހޫނު މަރުޙަބާއެއް!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާމިގިއްޔަށް ވަޑައިގަތުމުން ޤާސިމް އިބްރާހީމް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ޞާލިޙް މާމިނގިއްޔަށް މިއަދު ހެނދުނު ވަޑައިގެންފައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ރައީސް ޞާލިޙްގެ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ އެއަރޕޯޓުން ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވައިފައެވެ.
ރައީސް ޞާލިޙް މާމިނގިއްޔަށް ކުއްލިގޮތަކަށް ވަޑައިގެންފައި މި ވަނީ 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޞާލިޙް އަދި ޤާސިމް އިބްރާހީމްގެ ޖޭޕީން ޚިޔާލު ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ރަސްމީކޮށް ވިދާޅުވެފައެވެ. މިހެން ވިދާޅުވެފައި ވަނިކޮށް، ޤާސިމްގެ ޖޭޕީން ވަނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މީޑިއާއަކަށް ވިދާޅުވެފައެވެެ. މިގޮތުން ޖޭޕީގެ ތަރުޖަމާނު ވިދާޅުވީ، ކޯލިޝަނަކާ ހިސާބަށް ދާންޖެހިއްޖެ ނަމަ، ޖޭޕީން ގޮތެއް ނިންމާނީ ޕާޓީގެ އަސާސީގަވައިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.







ކޮމެންޓް