Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޤާސިމަށް ރަނިންމޭޓްކަން ދޭން އުޅޭ ވާހަކަ ޖޭޕީން ދޮގުކޮށްފި

ޤާސިމަށް ރަނިންމޭޓްކަން ދޭން އުޅޭ ވާހަކަ ޖޭޕީން ދޮގުކޮށްފި

ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ޤާސިމް އިބްރާހީމަށް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓްކަން ދެއްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.

ޤާސިމަށް ރަނިންމޭޓްކަން ދެއްވަން އުޅުއްވާ ކަމަށް އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް)އެވެ.

މިއަދު ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ރިޔާސީ އުއްމީދު ނިމުމަކަށް ގެނެސް ރައީސް ޞާލިޙް ރަނިންމޭޓްކަން އެ މަނިކުފާނަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. މިހެން ތޯރިޤް ވިދާޅުވެފައި ވަނީ، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް، ޤާސިމްގެ އުފަން ރަށް މާމިގިއްޔަށް ވަޑައިގެންނެވުމާ ގުޅުވައިގެންނެވެ.

Advertisement
Ooredoo — Square (box)

ޓޮމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވީ، އެއީ ދޮގެއް ކަމަށާއި ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.

"ހިޔާލީ ވާހަކައެއް. ކަނޑައެޅިގެން ދޮގެެއް،" ތޯރިގަށް ރައްދު ދެއްވާ މިއަދު އިލްހާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް