Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިހް، ޤާސިމްގެ ބައްދަލުވުމުގައި ނިހާން ބައިވެރިވުމުން ފާޑު ކިޔުން!

ރައީސް ޞާލިހް، ޤާސިމްގެ ބައްދަލުވުމުގައި ނިހާން ބައިވެރިވުމުން ފާޑު ކިޔުން!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެ މަނިކުފާނުގެ ކޯލިޝަން ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލު ކުރެއްވި އިރު، އަރިހުގައި އަޙްމަދު ނިހާން އިންނެވުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު މާމިގިއްޔަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި ރޭ ވަނީ ޤާސިމް އިބްރާހިމާ އެކު ޤާސިމްގެ ރިސޯޓް ރަށެއް ކަމަށްވާ ސަންއައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބައްްދަލުވުމެއް ބާއްވަވައިފައެވެ.

މި ބައްދަލުވުމުގައި ރަައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިހާބުއާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ހުސައިންއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވަޑައިގެންފައިވެއެވެ.

Advertisement
HDC — Sidebar (box)

ޤާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރޭގައި ރައީސް ޔާމީނަށް 2018ވަނަ އަހަރު އަހަރުގެ އިންތިޚާބު ނާކާމިޔާބު ވުމުން ޖުމްހޫރީ ޕާޓީއަށް ވަޑައިގަތް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހިމެނެއެވެ. މިގޮތުން މި ބައްދަލުކުރެއްވުމުގައި ޤާސިމާ އެކު، ނިހާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނިހާންގެ މައްޗަށް ދައުލަތުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ހަ ދައުވާއެއް އުފުލައިފައެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި ނިހާން، މަޝްވަރާގެ މަޖިލީހުގައި ބައިވެރި ކުރުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން، ކޮރަޕްޝަނަށް ޒީރޯ ޓޮރޮލެންސް ދެއްވާނަމޭ ވިދާޅުވެ، ދައުވާ އުފުލިފައިވާ ބޭފުޅުންނާ އެކު މަޝްވަރާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެއްދެވިއެވެ.

"ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމަކީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ދަޢުވާތައް އުފުލި، ޝަރީޢަތް ހިނގަމުންދާ ފަރާތްތަކާ އެކު، ސިޔާސީ މަޝްވަރާ މޭޒަށް ވަޑައިގަތުންތޯއެވެ؟" ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް