Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުން ނަމަ ޝަމާލް އިސްތިއުފާ ދެއްވާ: އާދަމް ޝަރީފް

ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުން ނަމަ ޝަމާލް އިސްތިއުފާ ދެއްވާ: އާދަމް ޝަރީފް

ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވެލައްވާ ނަމަ ޗީފް އޮފް ޑިފެންސް ފޯސް، ޝަމާލް އެ މަޤާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް ގޮވައިލައްވައިފިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޝަމާލް ބައިވެރިވެވަޑައިގެންނެވުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، އެމް.އެން.ޑީ.އެފްއާ ދިވެހި ޤައުމަށް އެންމެ ފައިދާ ވާނީ ޝަމާލް މަޤާމުން ވަކި ކުރެއްވުން ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި ސިޔާސީ މީހަކު އެ މަޤާމަށް ކަމުނުދާނެ ކަމަށާއި އަމުރުމައުރޫފް ހިންގުމުގައި އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތު އިސްކުރެވޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި މާމިގިއްޔަށް ވަޑައިގެން ޤާސިމް އިބްރާހީމާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތައް ވަނީ ސިއްރުކޮށްފައެވެ.

އެހެން ނަމަވެސް، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މި ބައްދަލުވުންތަކަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރެވިގެން ދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް