ޚަބަރު ޝަރުޢީ ދާއިރާ

އިނގިލި ބުރިކޮށްލި މީހާއަށް ދައުވާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށް ފަހު އިނގިލިން ބައެއް ބުރިކޮށްލި މީހާއަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، ކ. މާލެ، ގ. ޗެރީހައުސް، އަލީ ހަސަން 02 މޭ 2022 ދުވަހުގެ 04:30 ހާއިރު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަ ނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާ މެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، އަލީ ޙަސަންގެ މައްޗަށް ދައުވާ ކުރުމަށް 06 ޖޫން 2022ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ކޮށްފައިވާ ދައުވާތައް:

1- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 230 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ 2ވަނަ ނަންބަރުގެ ދަށުން، އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަސް

2- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ 3ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 1 މަހާއި 6 ދުވަސް

3- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ) ގެ (1)ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 1ވަނަ ނަންބަރުގެ ގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ 02 (ދޭއް) ދައުވާ.
އަސާސީ އަދަބު: ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް

4- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

ދައުލަތުން ވިދާޅުވީ ވަނީ އޭނާ ދޫކޮށްލުމުން މިމަހުގެ ހަތްވަނަ ދުވަހު އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ފޯމު ހުށަހަޅައިފައިވާނެ ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 13 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްދީފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!