ޚަބަރު

ނަބިއްޔާ ﷺ ގެ ދިފާޢުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: ވަގުތު

މާތް ނަބިއްޔާގެ ދިފާއުގައި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

Ads by STELCO

މި ސައިކަލު ބުރު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު މަޖީދީ މަގާ ބޮޑުތަކުރުފާނު މަގުގައެވެ. މި ސައިކަލު ބުރުގައި ބައިވެރިވި މީހުން ޝުއޫރުތައް ހިމެނޭ ލިޔުންތައް ހިފައިގެން ތިބިއިރު، ނަބިއްޔާއަށް ފުރައްސާރަ ކުރުން ހުއްޓައިލާން ވަނީ ގޮވައިލައިފައެވެ.

މި ސައިކަލު ބުރު ނިންމާލުމަށް ފަހު ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިން ވަނީ ސައިކަލު ބުރުގައި ބައިވެރިވި ފަރާތްތަކަށް ނަސޭހަތުގެ ބަސްކޮޅެއް ވިިދާޅުވެލައްވައިފައެވެ.

މާލޭގައި މި ފަދަ ސައިކަލު ބުރެއް ބާއްވައިފައި މި ވަނީ، އިންޑިއާގެ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނަކު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑު އުފުލަމުން ގެންދާ ދުވަސްވަރެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!