Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގައުމީ ފެރީގެ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް

ގައުމީ ފެރީގެ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް

މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅައިލާން ސަރުކާރުން ހިންގާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތަކީ ސަރުކާރުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީގެ މައި ބަދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅައިލާން ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ވަނީ ފަށައިފައެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ފެށުން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި ހުރިހައި ރަށެއްގެ އިގްތިސާދު ގައުމީ އިގްތިސަދާ ލާމެހި ތަނަވަސް ވާނީ އިއްޔެ ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް ނިޒާމުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތިން ފިޔަވައްސަކަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މި ދަތުރުތަކުގެ ތެރެއިން މިއަދު ފަށައިފައި ވަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ދަތުރުތަކެވެ.

އާރް.ޓީ.އެލްގެ ޚިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް