ދުނިޔެ

ވިއެޓްނާމާއި އިންޑިއާގެ އަސްކަރީ ގުޅުން ވަރުގަދަ ވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިއެޓްނާމާއި އިންޑިއާގެ އަސްކަރީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

ވިއެޓްނާމާ އެކު ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އިންޑިއާއިން ވަނީ 12 ހައި ސްޕީޑް ޕެޓްރޯލް އުޅަނދު ޖެހިގެން އައި ބުރާސްފަތި ދުވަހު ވިއެޓްނާމާ ހަވާލުކޮށްފައެވެ.

އެ އުޅަނދުތައް ބަދެފައި ވަނީ އިންޑިއާއިން ވިއެޓްނާމަށް ފޯރުކޮށްދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓެއްގެ ދަށުންނެވެ.

2016ވަނަ އަހަރު އެމެރިކާއާ އެކު އިންޑިއާއިން ވެފައިވާ ލޮޖިސްޓިކްސް އެކްސްޗޭންޖް އެއްބަސްވުމުން ފެށިގެން ފްރާންސް، ސިންގަޕޫރު އަދި ދެކުނު ކޮރެއާ އަދި އެހެން ބައެއް ގައުމުތަކާ އެކު ވެސް ލޮޖިސްޓިކްސް އެއްބަސްވުންތަކުގައި އިންޑިއާއިން ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުންތަކަކީ އަސްކަރީ މަރުކަޒުތަކަށް ވަދެވޭނެ ގޮތް ފަހިކޮށްދީ އިންތިޒާމުތައް ފަސޭހަކުރުމާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުންތަކެކެވެ.

"މި އެއްބާރުލުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގެނައުމަށް މުހިންމު ކަމެއް،" ވިއެޓްނާމާ އެކު ސޮއިކުރި އެއްބަސްވުމަށް ފަހު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނާތު ސިންގް ވިދާޅުވިއެވެ. .

“އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ޑިފެންސް އެލްއޯސީގެ ދަށުން 12 ހައިސްޕީޑް ޕެޓްލޯރު އުޅަނދުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން ބާއްވާ މި ތާރީހީ ރަސްމިއްޔާތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑަށް ޔަޤީން މިއީ އިންޑިއާއާއި ވިއެޓްނާމްއާ ދެމެދު އިތުރު އެތައް ކޯޕަރޭޓިވް ޑިފެންސް ޕްރޮޖެކްޓްތަކެއްގެ ފެށުން ކަމަށް"

މި ސްޕީޑް ބޯޓުތައް އޮޕަރޭޓް ކުރާނީ ވިއެޓްނާމްގެ ބޯޑާ ގާޑް ފޯހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!