Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިޔާސީ އިންތިޚާބުގައި މާރިޔާ ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށްކަން ހާމަ ކުރައްވައިފި

ރިޔާސީ އިންތިޚާބުގައި މާރިޔާ ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށްކަން ހާމަ ކުރައްވައިފި

2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަ ކުރައްވާނެކަން އެ މަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވާނެ ކަމަށް މިހައިތަނަށް އެއްވެސް މިނިސްޓަރަކު ވިދާޅުވެފައެއް ނުވެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވީ، ރައީސް ޞާލިޙްގެ ކެބިނެޓްގައި އެކަމަނާ ހޭދަ ކުރެއްވި ދުވަސްވަރުގައި ރައީސް ޞާލިޙްގެ ލީޑަރޝިޕް ފެނިގެން ދިޔަ ކަމަށެވެ. އަދި ރައީސް ޞާލިޙަކީ ކެތްތެރި، އެހެން މީހުންގެ ޚިޔާލު ބަލައިގަންނަ، ހިކުމަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މާރިޔާ ވަނީ ރައީސް ޞާލިޙަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ރައީސް ޞާލިޙް އެންޑޯޒް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ޝައުޤުވެރިކަން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ފާޅު ކުރައްވައިފައެވެ. މާރިޔާއާއި ރައީސް ނަޝީދަކީ ކުރިން ގާތް ދެ ބޭފުޅުން ކަމުގައިވި ނަމަވެސް، މެއި 6ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއަށް ފަހު، ރައީސް ނަޝީދުގެ ދަރިކަނބަލުން ވަނީ މާރިޔާގެ އިސްތިއުފާއަށް ގޮވައިލައްވައި ތުހުމަތުތަކެއް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް