ރައްޔިތުންގެ މަޖިލިސް

އަފީފުގެ ތުހުމަތުތަކެއް އަމީރަށް: މަސައްކަތްކުރަނީ ދައުލަތް ދަރަނިވެރިކޮށްލަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލިއްޔަތު ޤާނޫނަށް މިހާރު ސަރުކާރުން ގެންނަން ހުށަހަޅައިފައިވާ އިސްލާހުތަކަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަތްޕުޅަށް އިތުރު ބާރުތަކެއް ނެންގެވުމަށް ހުށަހަޅުއްވައިފައިވާ އިސްލާހުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަފީފް މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅައިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މި އިސްލާހަކީ ފިނޭންސް މިނިސްޓަރުގެ އަތް މައްޗަށް ބާރުތަކެއް ނަގައިގެން ދައުލަތް ދަރުވާލަން ކުރާ މަސައްކަތް ކަމަށެވެ.

"ދައުލަތް ދަރުވާލުމަށް މިނިސްޓަރާ ހަވާލުކުރާ ކަމަށްވަންޏާ މި އޮތްގޮތަށް ފާސްކުރަންވީ." އަފީފް ވިދާޅުވިއެވެ.

އޭގެ އިތުރަށް ފިނޭންސް މިނިސްޓަރު އަމީރު، ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޑީޕީގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުތަކާ އިދިކޮޅަށް އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވައިފައިވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މަޖިލީހުން ފާސްކޮށްގެން މެނުވީ ދައުލަތަށް އެއްވެސް ދަރަންޏެއް ނެގިގެން ނުވާނެކަމަށެވެ.

ރައްޔިތުން އަތުން ޓެކްސް ނަގާނެ ގޮތުގެ އުސޫލުތައް ހަދަނީ މަޖިލީހުންކަން ފާހަގަކޮށް އަފީފް ވިދާޅުވީ ރައްޔިތުން އަތުން ޓެކްސް ނެގުމަށް ފަހު މިނިސްޓަރު ބޭނުންވާގޮތަށް ހަރަދު ކުރުމަށް ނުދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާ ހިމާޔަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ލޯނު ނަގަނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، އަދި ކުރާ ހަރަދުތައް ވެސް ކުރަނީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.

Ads by Allied Insurance
  1. ދަރަނި އޮތަސް ރިބާ ލޯނު ދޭން އައިއެމްްެފް އެއޮތީ ތައްޔާރަށް އެކަން ކުރަން އަމީރު އުޅެނީ ! ރާއްޖެ ދަރަނިވެރި ކޮށް ބަގުރޫޓް ކުރަން !