Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިޕާ ޚިލާފުވި ފަސް މެންބަރުންނަށް ފިޔަވަޅު އަޅައިފި

ވިޕާ ޚިލާފުވި ފަސް މެންބަރުންނަށް ފިޔަވަޅު އަޅައިފި

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ޚިލާފުވި އެ ޕާޓީގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިފިއެވެ.

އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފަށް އެ ޕާޓީގެ ފަސް މެމްބަރަކު ވޯޓު ދެއްވައިފައިވެއެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީއާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއާއި ތިނަދޫ ދެކުނު އަބްދުﷲ ސަނީފްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދެވެ.

އެ ފަސް މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްދީ ސިޓީ ފޮނުވައިފައިވާ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ ޕާޓީގެ 19 މަޖްލިސް މެންބަރަކު އިގުރާރުވެފައި ވަނިކޮށެވެ.

ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުން ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ. ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވާ ނަމަ، އެއަށް ވުރެން ހަރުކަށި ފިޔަވަޅުތައް އެޅެއެވެ. މިގޮތުން ފަސް ފަހަރު ޚިލާފުވެއްޖެ ނަމަ ޕާޓީން ވަކިކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް