Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު

ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު

ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮންޒިއުމާ އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 520 ޓަނުގެ ހަކުރު 90 ދުވަހުގެ ތެރޭގައި އެސްޓީއޯއަށް ދޫކުރަން ނިންމައިފައިވާ ކަމަށެވެ.

އިންޑިއާއިން މި ގޮތަށް ނިންމައިފައި މި ވަނީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ހަކުރު އެކްސްޕޯޓްކުރާ މިންވަރު ލިމިޓްކުރަން އެ ގައުމުން ނިންމައިފައި ވަނިކޮށެވެ. މިއީ އެ ގައުމުގެ އެތެރޭގައި ހަކުރުގެ ދަތިކަން ކުރިމަތިވެދާނެތީ އެޅި ފިޔަވަޅެކެވެ.

Advertisement
HDC — Sidebar (box)

ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ މިހާރު ވަނީ ތިން އަހަރަށް އިތުރުކޮށްދީފައެވެ. މީގެ ކުރީން ކޮންމެ އަހަރަކު ކޯޓާ އައު ކުރަން ޖެހެއެވެ.

އިންޑިޔާއަކީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް