ޚަބަރު

އުވާލަން ނޯޓިސްދިން ހުރިހާ ޕާޓީތަކުން މެމްބަރުން ހަަމަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫގައި ބުނާ މިންވަރަށް އެންމެ ދަށްވެގެން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި، ނޯޓިސް ދިން ޕާޓީތަކުން ބޭނުންވާ މިންވަރަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

Ads by Hajj Corporation

މެމްބަރުން ހަމަކުރުމަށް ޕާޓީތަކަށް އީސީން އެންގީ ރޭގެ ނިޔަލަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ ،ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)އެވެ.

ޤާނޫނުގައިވާ އަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކަށް ފޯމު ހުށަހެޅުމަށް އެންމެ ފަހު ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ އިއްޔެގެ 22:00ގެ ނިޔަލަށެވެ.

ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ ތަފުސީލު:

1- ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 731 ، ހުށަހެޅި ފޯމުގެ އަދަދު: 788
2- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 720 ، ހުށަހެޅި ފޯމުގެ އަދަދު: 1397
3- މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 309 ، ހުށަހެޅި ފޯމުގެ އަދަދު: 376
4- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) – މެމްބަރުން ހަމަކުރަން ބޭނުންވާ ފޯމުގެ އަދަދު: 543 ، ހުށަހެޅި ފޯމުގެ އަދަދު: 962

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީއާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާއި އަދާލަތުގެ އިތުރުން އެމްއެންޕީއެވެ.

Ads by HDC
  1. ފަރި

    މީހުން ހަމައެއްނުވާނެ ބޮޑު ދޮގެއް ތިހަދަނި ކޯލިޝަން ޕާޓީތައްވީމަ އުވާލަން ނުކެރޭނެ