ޚަބަރު

އެއްވެސް ބުއްދިވެރިއަކު ދީނާ ބެހި، ސަގާފަތަށް ފާޑެއް ނުކިޔާނެ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއްވެސް މުޖުތަމައެއްގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަ ކަމަށާއި, އެއީ އެ ބައެއްގެ ދީނާ ބެހުމާއި ސަގާފަތަށް ފާޑުކިޔުން ކަމަށް, ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ކާނިވާ ސަރަހައްދުގައި, އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދީނަށް ބަދުބަސް ބުނެ އެ ބައެެއްގެ ސަގާފަތަށް ފާޑުނުކިޔާނެ ކަމަށެވެ. އެކަމަކު އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި އެ ގައުމުގެ މީހުންގެ ދުލުގެ ބާރު ގާނޫނުއަސާސީން އެ ވަރަށް ދީފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިޝާރާތް ކުރެއްވީ ބީޖޭޕީގެ ތަރުޖަމާނު ޕޫރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމަށެވެ. "ނަބިއްޔާގެ ދިފާއުގައި" މި ޖަލްސާއަކީ މިކަމާ ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅިގެން، ސަރުކާރުން އެކަށީގެންވާ ވަރަށް އެކަން ކުށްވެރި ނުކުރާތީ ބޭއްވި ޖަލްސާއެކެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ އާދައިގެ ކަމެއް ކަމަށް ބުނެ, އިސްލާމީ އެއްވެސް ގައުމަކުން އެކަން ދޫކޮށްނުލާނެ ކަމަށާއި, އިސްލާމީ ބޮޑެތި ގައުމުތަކުން އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރީ އާދައިގެ ގޮތަކަށް ކަމަށް ވިދާޅުވެ, އެމަނިކުފާނު އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ﷲގެ ހަޟްރަތުގައި އިންސާނުންގެ ފަރާތުން ޝަފާއަތްތެރިކަމަށް އެދިވަޑައިގަންނަވަނީ މުހައްމަދު ނަބިއްޔާ. އެ ނޫން އެއްވެސް ރަސޫލަކަށް ނަބީބޭކަލަކަށް އެކަން ކުރައްވަން ކެރިކުޅަދާނަވެވަޑައިނުގަންނަވާނެ ކަމަށް އެ ބޭފުޅުން އަމިއްލަފުޅަށް ވިދާޅުވަނީ. އެހެންވީމަ މިހައިވަރުން ފުދޭ ދެއްތޯ އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ލޯބިކުރަން." ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ ހިންދޫންނަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ހިންދޫ ދީނަކީ ހިންދުތުވާ ނޫން ކަމަށާއި ހިންދުތުވާއަކީ ސިޔާސީ ހަރަކާތެއް ކަމަށެވެ. އެ މީހުންނަކީ ހިންދުސްތާނުގައި އުޅެން ވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ މީހުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!