Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަތުރުދާ ރަށުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

ދަތުރުދާ ރަށުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކުރި ކ.ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވައިލައްވައިފިއެވެ.

އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ވެސް ބައްލަވައިލެއްވުމަށް ފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ޓަކައި ބިން ހިއްކައިފައި ވަނީ އެމްޓީސީސީއިންނެވެ. އަދި މި ރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްޞާވާ 5 ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ސަރުކާރާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް