ޚަބަރު ޝަރުޢީ ދާއިރާ

އާރަށުގެ މައްސަލަ: މާދަމާއަށް އަޑުއެހުމެއް ތާވަލުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގައިފައިވާ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި މާދަމާއަށް ވެސް ތާވަލުކޮށްފައި ވަނީ ހެކި ބަސް ނެގުމެވެ. މި މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ނަގަން ފަށައިފައި ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.

އެގޮތުން އެ ދުވަހު ހެކިބަސް ދީފައިވަނީ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

މި މައްސަލައަށް މައްސަލަ ރައްދުވާ ދެ ފަރާތްކަމަށްވާ ކުރީގެ ރައީސް ޔާމީން އަދި ފެލިދޫ ދާއިރާގެ ކުރިގެ މެމްބަރު ޔޫސުފް ނަޢީމް ވެސް ވަނީ އިންކާރުކުރައްވައިފައެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ، މި ދައުވާއަކީ ޒާތީ ގޮތުން އުފުލައިފައިވާ ދައުވާއެއް ކަމަށާއި މައްސަލަ ސާބިތު ނުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މާދާމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 11:00އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!