Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިޔާސީ ވިސްނުމެއްގެ ސަބަބުން ތަފާތެއް ނުކުރާނަން: ރައީސް

ސިޔާސީ ވިސްނުމެއްގެ ސަބަބުން ތަފާތެއް ނުކުރާނަން: ރައީސް

ސިޔާސީ ވިސްނުމެއްގެ ސަބަބުން ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމަވައިފައިވާކަން ރައީސް ޞާލިޙް ވަނީ ހާމަކުރައްވައިފައެވެ. އަދި ފުނަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ކުރިޔަށް ގެންދަވާނެ ކަމަށާއި އަދި ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަމާއި ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ ފުނަދޫ ހޮސްޕިޓަލަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް