Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަރަދުކުރާ ގޮތް ބަލަނީ

ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަރަދުކުރާ ގޮތް ބަލަނީ
10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ހަރަދުކުރާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ)އިން ބަލަން ފަށައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކަށް ލަފާކޮށް ފާސްކުރާ ބަޖެޓްގެ 0.1 ޕަސަންޓު 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދޭން ޖެހެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ދޭ ފައިސާ ހަރަދުކުރާގޮތް ބެލުމުގެ ގޮތުން އޮޑިޓެއް ހަދަން ނިންމައިފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީ/ހަރަދު ޕާޓީތަކުން ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 41ވަނަ މާއްދާގެ (ހ)އާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން، އީސީގެ އިންޓާނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ ހަތަރު ޕާޓީގެ އޮފީހަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި އެކަން ފަށައިފި،" ހަބީބު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއީ ރާއްޖޭގައި ހަރަކާތްތެރިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން 10،000 މެންބަރުން ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށެވެ.

Advertisement
Ooredoo — Truecaller (box)

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން މިއަހަރު ފައިސާ ދޫކުރި ޕާޓީތައް

  • އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
  • ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
  • ޖުމްހޫރީ ޕާޓީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
  • އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް