Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާގެ މިލިޓަރީ އޮތް ނަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ނިކުންނާނީ ޖޭޕީން: އަލީ ޞާލިޙް

އިންޑިއާގެ މިލިޓަރީ އޮތް ނަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ނިކުންނާނީ ޖޭޕީން: އަލީ ޞާލިޙް

އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބި ނަމަ އެ މީހުން ރާއްޖެއިން ބޭލުމަށް އެންމެ ފުރަތަމަ ނިކުންނާނެ ބަޔަކީ ޖުމްހޫރީ ޕާޓީން ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލީ ޞާލިޙް މިހެން ވިދާޅުވެފައި ވަނީ، ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ޞާލިޙް ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވާ ހިންގަވަމުން ގެންދަވާ "އިންޑިއާ އައުޓް" ކެންޕެއިން ކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި އޮތް ނަމަ އެކަމާ ދެކޮޅަށް ރައީސް ޔާމީނަށް ވުރެ ކުރިން ޖުމްހޫރީ ޕާޓީން ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"އެފަދަ ބަޔަކު ތިބި ކަމަށްވަނީ ނަމަ އެންމެ ފުރަތަމަ ޔާމީނަށް ވުރެ ކުރިން އެކަން ކުރަން ނިކުންނާނީ އަޅުގަނޑުމެން. ޔާމީނާ ދިމާލަށް ދެން ލަލަލާ ގޮވާކަށް އަޅުގަނޑުމެން ނުތިބޭނަން މަޑުކޮށްލައިގެނެއް. އަޅުގަނޑުމެން އެކަމުގައި ބުނަން ޖެހޭ އެއްޗެއް ބުނާނަން." އަލީ ޞާލިޙް ވިދާޅުވީ މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ކުރަން ޖޭޕީން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ސަރުކާރުން ކުރައްވާ ތަން ވެސް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން އަލީ ޞާލިޙް ވިދާޅުވީ، އިދިކޮޅުން ތުހުމަތު ކުރިޔަސް ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮތްތަން ނުފެންނަ ކަމަށާއި އަދި އިންޑިއާގެ ހަތިޔާރު އެޅި ބަޔަކު ވެސް ރާއްޖޭގައި ތިބިތަން ނުފެންނަ ކަމަށް އަލީ ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ ކެންޕެއިނެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް